Elementor #4663

ބުރިޖުގެ ހައިވޭގެ ޗާލުކަން ގެއްލިގެން މިދަނީ ކޮންބަޔަކަށް މަންފާކުރާތީބާ ؟

މާލޭސިޓީ ގެ ސިނަމާލެ ބުރިޖު އަކީ އެބުރިޖުން ދަތުރު ކުރާކޮންމެ މީހަކަށްމެ ހިތަށް ފިނިކަން ގެނެވޭތަނަކަށްވެފައި އަދި ކޮންމެ ދިވެހިރައްއަތެއް އެކަމަކަށް ފަހުރުވެރިވާ ތަނެއްކަން ކަށަވަރުވެއެވެ. މިގޮތަށް މިކަން އޮއްވާ ދާދިފަހުން ސިނަމާލެ ބުރުޖުގެ ހައިވޭގައި ސީވިޔުގެއްލޭގޮތަށް ސޯލަރ ސިސްޓަމްތަކެއް ބެހެއްޓުމަށް އެތަކެއް މިލިޔަން ރުފިޔާގެ ބޮޑުބިޔަ މަސްރޫއެއް ވޯލްޑް ބޭންކް ގެ އެހީގައި މިނިސްޓްރީ އޮފް އެންވާރުމެންޓް އިން ފަށާގެންދާކަމީ ބުރިޖުންދަތުރުކުރާ ކޮންމެ މީހަކަށް ހިތަށް ނުތަނަވަސްކަމެއް އަންނަކަމެއްކަން ކަށަވަރުވެއެވެ. އަދި ސިނަމާލެބުރިޖުން ހުޅުމާލެއަށް ދަތުރު ކުރާކޮންމެ ފަރާތަކަށް ހިތްނުތަނަސްވެ އެމަސްރޫ އާއި ދޭތެރޭ ސުވާލު އުފެދިގެން ދާނެކަމީ ހަމަޔަގީންކަމެކެވެ.ސިނަމާލެ ބުރިޖުގެ ހައިވޭ ގައި މިހިނގޭ ސޯލަރ ސިސްޓަމް ތަށް ބެހެއްޓުމުގެ މަސްރޫ އަކީ ކޮންއުސޫލަކުން ހިންގޭ މަސްރޫއެއްތޯ އާއި އެމަސްރޫގެ އަސްލުމަގުސަދަކީ ކޮބާކަން ވަރަށްގިނަރައްޔަތުންގެ ހިތުގައި އުފެދޭ ސުވާލަކަން މިވަނީ ވެފައެވެ. މިމަސްރޫ އަކީ ވޯލްބޭންކުގެ އެހީގެ ދަށުން މިނިސްޓްރީ އޮފް އެންވާރުމެންޓް އިންކުރިޔަށް ގެންދާ މަސްރޫއެއް ކަމަށް ރިޕޯޓްލިބިފައިވެއެވެ.އަލިފް ނޫސްއަށް ލިބިފައިވާ މައުލޫމާތު އަށް ބަލާލާއިރު ސަރުކާރުން އަންދާޒާކުރާ ގޮތުގައި  5 މެގަވޯޓް ގެ ސޯލާ ޕީޑީ ގެ ޕެނަލް ހަރުކުރުމުން  7.3 މިލިޔަންކަރަންޓު އުފެއްދުމަށްޓަކައި ދާހަރަދުން 15 ފަނަރަމިލިޔަން ރުފިޔާ އާއި 20 މިލިޔަން ރުފިޔާގެ ދެމެދުގަ މަންފާއެއްލިބޭނެ ކަމަށް ރިޕޯޓް ތަކުން ހާމަކޮށް ފައިވެއެވެ.ނަމަވެސް ސުޓެލްކޯގެ ގުރިޑް އާއި މިޕެނަލް ތަށް ގުޅާލުމުން ރައްޔަތުން ނަށް ހިންހަމަޖެހުމެއް އަންނާނީ ކަރަންޓުބިލް އިން ރުފިޔާ އެއް އުނިވުމުން ކަމީ ސައްކެއްނެއްކަމެކެވެ.ކަމުގެ ތަޖުރިބާކާރުން ބުނާގޮތުގައި މިމަސްރޫއިން ސޯލާޕެނަލްތަށް ސްޓެލްކޯގެ ގުރިޑް އާއި ގުޅާލުމުން ގޭބިސީތަކުގެ ކަރަންޓުބިލްތަކަށް އިނގުމެއްނާންނާނެއެވެ. ރައްޔަތުމީހާގެ ކަރަންޓު ބިލުން ރުފިޔާއެއް އުނިނުވިތާ އެނަލަރީތި މަންޒަރުގެއްލިގެން ގޮސް ރައްޔަތުމީހާއަށް ސިނަމާލެ ބުރިޖް ގެ ހައިވޭއިން ލިބެމުން އައި ހިންހަމަޖެހުމުންވެސް މަހްރޫމްވީއެވެ. ސަރުކާރުންމިހިންގާ ޕްރޮޖެއްޓުން ފައިދާއެއް ނުވިކަމީ ވަރަށް ހިތާމަހުރިކަމެކެވެ.މިނޫން ގޮތަކަށް ވެސް ޕުލޭންކުރެވި ބުރިޖުގެ ހައިވޭގެ ސީވިޔު ނުގެއްލޭނެހެން މި ކަންކުރެވުނީސް ކަންކަށަވަރެވެ. ސަރުކާރުތަކުން ރައްޔަތުންނާ ދޭތެރޭގައިވިސްނާގެން ވަގުތުދިޔައަސް ރަގަޅަށް ޕުލޭންކުރެވިގެން ކަންކުރާނަމަ ރައްޔަތުންނަށް ހިންހަމަޖެހުންލިބޭނެއެވެ.މިފަހަކަށް އައިސް މިސަރުކާރުން ކުރިއްޔަށް ގެންދާ ޕުރޮޖެއްޓްތަކުން ރައްޔަތުން ނަށް އޭގެފައިދާކުރަނީ ވަރަށްމަދުމިންވަރަކަށް ކަންފާހަގަކުރެވެ.

Leave a Reply

Your email address will not be published. Required fields are marked *