Raajjeyge raiyyithun neyngithibe biruveri kamuge thereyah

ރާއްޖެގޭގެ ރައްޔިތުން ނޭންގިތިބެ ބިރުވެރިކަމުގެ ތެރެއަށް

ރާއްޖެއަށް އެތެރެކުރާ ބިދޭސީންގެ ސަބަބުން ރައްޔިތުން ބިރުވެރިކަމުގެ ތެރެއަށް ވަނުމަށް އިތުރު މަގެއް ހުޅުވިފައިވާކަން ޔަގީނެވެ.
ރާއްޖޭގެ އެކިއެކި ކުންފުނިތަކަށާއި ގޭބިސީތަކުގެ ނަމުގައި އެތެރޭކުރާ ބިދޭސީން އެތެރެ ކުރަނީ ވޯރކްވިސާގެ ނަމުގައެވެ. އަދި މިގޮތަށް އިކޮނޮމިކް މިނިސްޓްރީން އެކަމަށް އެދޭފަރާތް ތަކަށް ހުއްދަދެމުން މިގެންދަނީ ވަރަށް ލުއިފަސޭހަ ދޯހަޅިއުސޫލެއްގެ ތެރެއިންނެވެ. މިގޮތުން އެތެރެކުރުމަށް ހުއްދަދެވޭ ކޮންމެ ފަރާތަކަށް ޕާސްޕޯޓް ސައިޒްގެ ސޮފްޓު ފޮޓޯއަކާއި އެޕޮއިންމެންޓް ލެޓަރއެއް އަދި ޕާސްޕޯރޓްގެ ސޮފްޓް ފޮޓޯއެއް ހުށަ އެޅުމުން އެކޮނޮމިކް މިނިސްޓުރީން 3 ދުވަސް ތެރޭގައި އެމީހަކު އެތެރެވުމަށް ހުއްދަދެއްވައެވެ. މިދެންނެވިއުސޫލުގެ ތެރެއިން ރާއްޖެއަށް އެތެކުރެވޭ ބިދޭސީން އެތެރެކުރުމަށް އެގައުމެއްގެ ޕޮލިސްރިޕޯރޓެއް އަދި ކީއްކުރަންތޯ މެޑިކަލް ރިޕޯރޓެއްވެސް ބޭނުމެއް ނުވެއެވެ. އެ ބިދޭސީ މީހާ އަކީ އެގައުމުގައި ކިހިނެއް އުޅެފައިވާ މީހެއްކަމެއް ކަށަވަޜުކުރުމެއް ނެތެވެ. މީހަކު މަރާފައިވާ މިހެއް ފިލަންވެސް ރާއްޖެއަށް ވާރކް ވިސާގައި އައިސް އުޅެވިދާނެއެވެ.

އަޅުގަނޑު ދެކޭގޮތުގައި މިކަންމިގޮތަށް ކުރުމަކީ ވަރަށް ބިރުވެރި އަދި ނުރަށްކާތެރިކަމެކެވެ.
ރާއްޖެއަށް އެތެކުރެވޭ ބިދޭސީންގެ ޕޮލިސް ރިޕޯޓް ހުށައެޅިގެން އެމީހުން ގެ ކްރިމިނަލް ރިކޯޑު ސާފުވެގެންދާންޖެހެއެވެ. ނޫންނަމަ ކްރިމިނަލް ރިކޯޑް އޮތްބިދޭސީން މިޔަދު ރާއްޖެއަށް އެތެރެވަމުންދާނެކަން ކަށަވަރެވެ. ކަންމިހެން އޮތުމުން މިއީ ގައުމީސަލާމަތަށްވެސް އޮތް ނުރަށްކަލެއްގެ ގޮތުގައި ބެލެވުމުގެ ޖާގަ އެބައޮތެވެ. މިސަބަބަށްޓަކައި ކުންފުނިތަކަށް ގެނެވޭ ބިދޭސީންގެ ޕޮލިސް ރިޕޯޓާއި ނުލާ އެކޮނޮމިކް މިނިސްޓްރީން ބިދޭސީން އެތެރެކުރުމަށް ހުއްދަ ދެވިގެންނުވާނެއެވެ.
ހަމަގައިމުވެސް ދިވެހީން ރާއްޖޭންބޭރު ގައުމުތަކަށް ކިޔަވަންދިޔުމަށް ނޫނަމަ އެނޫން ކަމެއްގައި އެހެންގައުމަކަށް ދިގުމުއްދަދަކަށް ދަނީނަމަ ޕޮލިސްރިޕޯޓް އަދި ބައެއްހާލަތުގައި އިންޓަލިޖަން ސްކްރިޕްޓު ބޭނުންވެއެވެ.

ރާއްޖެއަށް ބިދޭސީން ގެނައުމަށް ހަމަޖެހިފައިމިވާ އުސޫލް މިއީ ހަމަ އެންމެ ރަނގަޅު ގޮތް ބާވައޭ އަޅުގަގެ ހިތަށް އަރައެވެ.

Leave a Reply

Your email address will not be published. Required fields are marked *